...ތާނައިން ބަހެއް ލިއުއްވަން ފައްޓަވާ

ހަންގަނޑު
ނ.
(1) ބެރުޖަހަން ދަސްކުރުމަށްޓަކައި ބެރުއެދުރުގޭގައި އޮންނަބެރެއް.
މިއީ ހަމުގެ ކެހެރިނުކޮށައި ދޫކޮށްއަޅައިފައި އޮންނަބެރެކެވެ.
(2) ދިރޭއެއްޗެއްގެ ހަމުގެބައެއް.
(3) ކުރަފަތްތޫނުކުރަން ގެންގުޅޭ ހަމުގެ ފޮތިވަރު.
(4) އިހުގައި، ކަސްޓަމުގައި އޮންނަ ބޮޑުފޮތެއް، މިހަދައިފައި އޮންނަނީ ބޮޑެތި ކަރުދާސް ހުރިގޮތަށެވެ.
މިއީ ބޯޓުފަހަރުން ގެންނަމުދަލާއި ތަކެތި ބޭލޭވަރު ބަހައްޓާފޮތެވެ.
އަދި އެކްސްޕޯޓް އިންޕޯޓް ބަލަހައްޓާ ފޮތަކީ ވެސްމި އެވެ.
ގުޅުން ހުރި ބަސް
ހަންގަނޑުތެޅުން . ހަންގަނޑުޖެހުން . ހުޅުނބު . ހުދުރޮނޑު . ރަންރޮނގުލޮނދިމަސް . ރާވެރިމަސް . ރިނދަވާލި . ރޫޖެހުން . ބެރުމުސްކުޅިގޭ ހަންގަނޑު . ބޮނޑު . ކަނޑުގެރި . ކަވާޖެހުން . އުން . އުރަވަޅި . އޮޑިވަރުދަނާ . ފާރުވުން . ފިލުނދު . ފިލުނދުވުން . ފީރުމަސް . ފުށްކޮލި . ފެންކެނޑުން . ދިރޯގަނޑޮ . ތަލަކަން . ތަލަވުން . ތިމަރައެޅުން . ތިމަރަވައި .
އަކުރުތަކުގެ ރަދީފު
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ