...ތާނައިން ބަހެއް ލިއުއްވަން ފައްޓަވާ

ހަރުކުރުން
މ.
(1) އެއްޗެއްގައި އަނެއްކައްޗެއް ހިފެހެއްޓިފައި ހުންނާނެގޮތް ހެދުން.
(2) ނަނުވައު ފަދަ ތަކެތި އަނބުރާ ހަރުކަން ގެނައުން.
(3) ގަސްގަހުގައި އަޅާ ތަކެތި ޅަކަން ކެނޑެންދެން ގަހުގައި ބެހެއްޓުން.
(4) ފޮތިފަދަ ތަކެތި ތާންޖަހައި ހަރުކުރުން.
(5) ރުއްގަސްދިރުވައި ބެލެހެއްޓުން.
(6) ގަދަކަން ގެނައުން.
(7) މެޓާފަދަ ތަކެތި ކައްކައި ހިއްކުން.
(8) އޮޑިހައްޔަރުކުރުން.
(9) ދުވުން ބާރުކުރުން.
ގުޅުން ހުރި ބަސް
ހަރުކުރުން . ހިރުއެޅުން . ހިތުދަސްކުރުން . ހިލަފުއްޕުން . ހިޔަނިލުން . ހުޅުލުން . ހުޅުޖެހުން . ހޭރިޖެހުން . ނައިކަލުން . ނަގިލިޖެއްސުން . ރިޔާދެމުން . ރޭލުއެޅުން . ބަނާތުޖެހުން . ބަންދުއެޅުން . ބަންދުލުން . ބަރާޖެހުން . ބަރިލުން . ބައިންޖެހުން . ބަދިލުން . ބަތާނަލުން . ބާރީއެޅުން . ބާރުކުރުން . ބިހުރައެޅުން . ބެރުއެޅުން . ބޮކިލުން . ބޮކިޖެހުން . ބޮއިލުން . ބޮއިގައިހިފުން . ބޯށިއެޅުން . ބޯވަޅުއެޅުން . ކަނިއެޅުން . ކަންބަޅިޖެހުން . ކައިރިއެޅުން . ކަތިއެޅުން . ކުރެވިޖެހުން . ކެހައެޅުން . ކޮޅުމަތިލުން . އަނގޮޓިޖެހުން . އަނުން . އަރާމަތީންވައުއުކުން . އަތްގުޅުން . އަގުޅިއެޅުން . އިންދުން . އެރުން . އެޅުން . އެއްސުން . ވަރަލުން . ވަދުޖެހުން . ވިދުން . މަޅުކުރުން .
އަކުރުތަކުގެ ރަދީފު
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ