...ތާނައިން ބަހެއް ލިއުއްވަން ފައްޓަވާ

ރަތްކަނދޮޅު
ނ.
ކަނދޮޅުގެ ބާވަތެއް.
މީގެ ފަތްތައް ވަރިބޯވެފައި ހިމަދިގުވާނެއެވެ.
މިއީ ފަތްތަކުގެ މަތީފުށް ގަދަފެހިކުލައިގައި ދަށްފުށް ރަތްދަނބުކުލައިގައި ހުންނަ ގަހެކެވެ.
ހެދެމުންދަނީ ފީނިވަމުން ވަރުގަދަކޮށެވެ.
މާ ނިކުންނާނީ ކޮންމެ ފަތެއްގެ ބުޑުންނެވެ.
މާ ހުންނާނީ ރިނދައްޔާ ވައްތަރު ތޫރިއެއް ތެރޭގައެވެ.
މީގެތެރޭގައި ހުންނަނީ ހުދުކުލައިގެ ތިންފިޔަލީ، ވަރަށް ކުޑަކުޑަ ދެތިންމަލެވެ.
ގުޅުން ހުރި ބަސް
ރަތެކެދޮޅު .
އަކުރުތަކުގެ ރަދީފު
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ