...ތާނައިން ބަހެއް ލިއުއްވަން ފައްޓަވާ

ބެލުން
އެއްޗަކަށް ނަޒަރު ހުއްޓައިލުން.
(2) ބެލެހެއްޓުން.
(3) ކާންދީގެން ގެންގުޅުން.
(4) ކަން ހިނގާފައިވާގޮތް ހޯދުން.
(5) ކަމެއްކުރެވޭތޯ ބެލުން.
މިސާލު:
ތިޔަގެއަށް ދެވޭތޯ ބަލާނަން.
(6) އަދަބު ބެހެއްޓުން މިސާލު:
މީނާ މަންމަޔަކަށް ބައްPަޔަކަށްވެސް ބެލުމެއްނެތެވެ.
ގުޅުން ހުރި ބަސް
ހަނދުބެލުން . ހާލުބެލުން . ހިމެނުން . ހިތްތަރުބެލުން . ހުންބެލުން . ހެއިބެލުން . ހޭބެލުން . ހޯހިރިބެލުން . ހޯހިރުދު ބެލުން . ހޯދުން . ނިސްބަތުންބެލުން . ރާހިބެލުން . ރިޔަންކޮޅުއެޅުން . ރިޔަންއެޅުން . ރޭޓުހިފުން . ބަންބުޑިޖެހުން . ބައްލަވައިވޮޑިގަތުން . ބަލާ . ބެއްލެވުން . ބެލުން . ބެލެހެއްޓުން . ބޮޑުކުރުން . ބޯހިމެނުން . ބޯބޯމަތިންބެލުން . ބޯކޮޅުބެލުން . ބޯދިނުން . ކަށަވަރުއެޅުން . ކަށިތިޔާރުކުރުން . ކަންހިމެނުން . ކަބަރުބެލުން . ކަޅިއެޅުން . ކަޅިމަތި . ކަޅިމަތިބެލުން . ކަތިލޮލުންބެލުން . ކިރުން . ކިޔުން . ކުރިމަތިލުން . ކޮނޑުއޮތްފުރޯ ވަލުންހޯދުން . އަރިލޮލުންބެލުން . އަޅައިބެލުން . އަޅައިލުން . އިރުވަރުބެލުން . އިމްތިޙާނު . އިސްތިއުނާފު . އެކޮޅުމިކޮޅަށްވިސްނުން . އޮލަނބުލުން . އޮޑިތަންޖެހުން . އޯޑިޓްކުރުން . ވަނަވަރުބެލުން . ވަރަބެލުން .
އަކުރުތަކުގެ ރަދީފު
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ