...ތާނައިން ބަހެއް ލިއުއްވަން ފައްޓަވާ

އޮޅުފަތިމިޔަރު
ނ.
މިޔަރުގެ ބާވަތެއް.
މިމިޔަރުގެ ތުން ކުރުވެފައި ތުނބުގެ ކޮޅު ހުންނަނީ ވަށް ކޮށެވެ.
ދަތްތައް ހުންނަނީ ކޮޅަށް އޫކޮށް ކައިރިފަށް އޮމާންކޮށެވެ.
މީގެ ބުރަކަށި މަތީގެ ފުރަތަމަ އުރަހައިގެ ކޮޅުގައްޔާއި ނިގޫފަތުގެ މަތީބައިގެ ކޮޅުގައި ހުދުކުލައިގެ ލަފެއް ހުންނާނެއެވެ.
މިޔަރުގެ މަތީބައިގައި ހުންނަނީ އަޅި މުށިކުލައެވެ.
ދެއަރިމަތީގައި ކަޅުކުލައިގެ ތިކިތަކެއް ހުރެއެވެ.
ގުޅުން ހުރި ބަސް
އަކުރުތަކުގެ ރަދީފު
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ