...ތާނައިން ބަހެއް ލިއުއްވަން ފައްޓަވާ

ވައު
ނ.
(1) ހަންގަނޑެއްހެން ފިޔަ އޮންނަ ރޭގަނޑަށް އުދުހިއުޅޭ މަންމަލި ޖަނަވާރެއް.
(2) ރޯނު، ވަކަ ސުތުލި ފަދަ އެއްޗިހީގެ ދެއުޅިއަށްވުރެ ގިނަ އުޅީގައި، މާރަށްވުރެ ފަލަކޮށް ދިގުކޮށް އަޅައިފައި ހުންނަ އެއްޗެއް.
(3) އުނދޯލި އެލުވައިފައި ހުންނަ ފަށް.
(4) އޮލަ ނުވަތަ ތަތް އެއްޗަކުން ނުކެނޑިދެމޭ ފަށް.
(5) ބައެއް ބާވަތުގެ ފަނިފަންޏާއި ފައިދިގުމަކުނުގެ ބާވަތްތަކުން ދޫކުރާ ފަށް.
(6) އެގޮތް މިގޮތަށް ބޯކޮށް ގަސްހެދިފައި އޮންނަތަން.
(7) ބައްޔެއްގެނަން.
ގުޅުން ހުރި ބަސް
ހަށިވައު . ހަންޖާ . ހަރުކުރުން . ހަކިބަނުން . ހަތަރުކަންކައްޓަށްހިފުން . ހާޑުވައު . ހާޑުވާ . ހާޑުފަށް . ހޯދީދަނޑި . ނައިލޯނު . ނަލަސަވާ . ނަގިލިކެނޑުން . ނާޑުވާ . ބަނޑަވަރު . ބަނަ . ބަންޑާރަވާ . ބައިންވަޅުމާ . ބައްކުވައު . ބާލި . ބުރޫޖެހުން . ބެހިގެންދިއުން . ބޮޑުސަވާ . ބޯސާ . ބޯސާބަނުން . ކަންބަރާ . ކަޅުކާވިޔާ . ކަސްމަތިން ދިނުން . ކަސްމަތިން ދިއުން . ކާވިޔާ . ކުޅުދުއްފުށީރޯނު . ކެނބު . ކެނބުއެޅުން . ކޮޅުވައު . އަހަދު . އަށާވީސް ނަކަތުންކުރެ ނަކަތެއް ނިވައުނުވުން . އަނގުނު . އަރާމަތީންވައުއުކުން . އަވިނިވައިލުން . އަތްބުޑުއުވަ . އިސްތިންގިބާޓަލް . އުނުބަރަހަ . އުނުބަރަހަނާ . އުނުއޮރިޔާން . އުޅިކޮށުން . އުފުލި . އެނގަ . އެނގަމަތި . އޮށަނގަ . އޮރިޔާން . އޮއިމާރު .
އަކުރުތަކުގެ ރަދީފު
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ