...ތާނައިން ބަހެއް ލިއުއްވަން ފައްޓަވާ

ފުރުން
މ.
(1) އުޅަނދެއްގެ ދަތުރަށް ފެށުން.
(2) އެއްޗެއްގެ ތެރެއަށް އެއްޗެހިތަކެއް އަޅައި މައްޗާއި ހަމަކުރުން.
(3) އެއްޗަކަށް ވެލި ނުވަތަ ފެން އޮއްސުން.
(4) ވަކި ތަރުތީބަކުން ފަށްތަކެއް ދެމުން.
މިސާލު:
އުއި ފުރުން، ރޯނުފުރުން، އެއްތެޔޮ ފުރުން.
(5) އެއްޗެއްގައި ލިޔަންވީ ވަރަށް ލިޔެ ނިންމުން.
މިސާލު:
ފޯމު ފުރުން.
(6) އެއްޗެއްގައި އިތުރަށް ލިޔާނެ ތަނެއް ނޯންނަ ވަރަށް ލިޔެ ނިންމުން.
(7) ހުސްތަން ނެތުން.
(8) ހުސްޖާގައެއް ނެތުން.
ގުޅުން ހުރި ބަސް
ނޮޅުން . ބަނޑުބޮޑުވުން . ބާބިލިފުރުން . ބިނުން . ކަސްތާ . ކުސަފުރުން . ކެވުން . އާބުރުވުން . ވަތުބައިންޖެހުން . ވަލެހުރުން . ވާފުރުން . ވީއްލައިލުން . މަހަށްދިޔުން . ފަރިވެފޮޅުން . ފުރާ . ފުރާވަޑައިގަތުން . ފުރި . ފުރުން . ފުރުވުން . ފުރޭ . ފޫނެތްފަޔަށް ފެންފުރުން . ފެންފުރުވުން . ދިހަލަދިކުރުން . ދިލުން . ދުވަހަފުރުން . ތަސައްރަފުފުދުން . ތޮނަނެގުން . ލުހުން . ލުއްސުން . ސިކާރަ . ސިކާރަވުން .
އަކުރުތަކުގެ ރަދީފު
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ