...ތާނައިން ބަހެއް ލިއުއްވަން ފައްޓަވާ

ފެތުން
މ.
(1) ފެންމަތީގައި އޮވެގެން ދެއަތުން ފަލިޖަހައިފައި ކުރިޔަށް ދިޔުން.
ނުވަތަ ފަހަތަށް ދިޔުން.
(2) ފުރާ ދުއްވާ އެއްޗެހި، ފެން އަރައި އަޑިއަށް ދިއުން.
(3) ގެނބުން.
(4) އެއްޗެއްގެ ތެރެއަށް އެއްޗެއް ވަނުން.
މިސާލު:
މިއުޅެނީ ގަމީސް ނުފެތިގެންނެވެ.
މިލަކުޑިގަނޑުގެ ދޫ ކޮރުވަޅު ތެރެއަށް ނުފެތެއެވެ.
(5) ހަމަޖެހުން.
މިސާލު:
ރާގަށް ފެތުން.
ވަޒަނަށް ފެތުން.
(6) މަޖާޒު:
ނުބައި ކަމެއްގައި ބެދުން.
ގުޅުން ހުރި ބަސް
ނޭވާނުފެތުން . ކަނޑުވުން . އޮބުން . ފަތާމީހާ . ފެއްތުން . ފެތުން . ގެނބުން . ޣަރަޤު .
އަކުރުތަކުގެ ރަދީފު
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ