...ތާނައިން ބަހެއް ލިއުއްވަން ފައްޓަވާ

ފެތުރުން
މ.
(1) ހާމަކުރުން.
(2) މަޢުލޫމާތު ޢާއްމުކުރުން.
(3) ތަރަފާލު ކުނާ، ސާންތިފަދަ އެއްޗެއް އެޅުން.
(4) ފޮތިފަދަ އެއްޗެއް ތަނެއްގައި ނިއުޅައިފައި ބެހެއްޓުން.
ނުވަތަ ތަނެއްގައި ބާއްވައި ނިއުޅުން.
(5) ރޭޑިޔޯގެ ޒަރީޢާއިން ދުރަށް އަޑުފޮނުވުން.
(6) ފުންޏަކަށް ހުންނަ އެއްޗެއް ދުރަށް ބެހިގެން ދިއުން.
(7) ބައެއް ކަހަލަ ކަންކަމާއި ތަކެތި ގިނަވަމުން ދިއުން.
މިސާލު:
ރޯގާފެތުރުން، ޚަބަރު ފެތުރުން.
(8) ފެތުރިއާއި ދަދު ފަދަ ތަކެތި ހެދެމުން ބޮޑުވަމުން ދިއުން.
(
ގުޅުން ހުރި ބަސް
ހިޔައުއެރުން . ނޫސްޖެހުން . ރޮށިދެމުން . ރޯގާއެރުން . ބުރޯޑުކާސްޓު . ބުރޯޑުކާސްޓު ކުރުން . އަޑުއެރުވުން . އެއްވަސްކުރުން . ވިހުން . ވިނެވުން . މެދުރިޖެހުން . ފަތަފޮޅިޖެހުން . ފަތާވުން . ފަތުވާ . ފެތުރި . ފެތުރުން . ފެތެރުން . ދުންބުރުވުން . ދެބޯގެރިދުއްވުން . ތަންމަތިއެޅުން . ތަރަފާލުއެޅުން . ލަވަފޮނުވުން .
އަކުރުތަކުގެ ރަދީފު
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ