...ތާނައިން ބަހެއް ލިއުއްވަން ފައްޓަވާ

ތައްޔާރުކުރުން
މ.
(1) ކަމެއްޖެހުމުގެ ކުރިން އެކަމަކަށްޓަކައި ކަންތައްތައް ހަމަޖައްސައި ނިންމުން.
(2) ކަމަކަށްޓަކައި ފުރިހަމަކުރާންޖެހޭ ކަންތައް ފުރިހަމަކުރުން.
(3) ކަމަކަށް ފަށައިގަތުމަށް ނުވަތަ ތަނަކަށް ދިއުމަށް ކުރަންޖެހޭ ކަންތައްތައްކުރުން.
(4) އުފެއްދުން
ގުޅުން ހުރި ބަސް
ހަނުތެޅުން . ހިޔާހެދުން . ހުވަނދުހެދުން . ރުމާއޮޅުން . ބިންހެދުން . ބިލެތް ހެދުން . ކިރުރޮދިޖެހުން . ކޭންއެޅުން . ކޮޅުމަތިހެދުން . އަސާރައެޅުން . އާރާސްތުކުރުން . އާލާތްކުރުން . އުވަވަޅުޖެހުން . އުވަގެށުން . އުފެއްދުން . މަގުހެދުން . މުރުއްބާއެޅުން . ފަސްގަނޑުޖެހުން . ފާދަލުން . ފިލާގަނޑުބަނުން . ފިލިކެހުން . ފިލިތެޅުން . ދަނޑުކޮށުން . ދަވާދުއެޅުން . ދަތިތިއްބުން . ދަތުރުހެދުން . ދުނިރުވުން . ދުންފަތްތެޅުން . ދުންގަނޑެއްއެޅުން . ދޮރުފަތްޖެހުން . ތަންމަތިހެދުން . ތެޔޮހެދުން . ލޮނުހެދުން . ލޮނުލުނބޯއެޅުން . ގައުކެނޑުން . ގައުއެޅުން . ސައިގިރުން . ޖަހަލާކޮޅުހެދުން .
އަކުރުތަކުގެ ރަދީފު
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ