...ތާނައިން ބަހެއް ލިއުއްވަން ފައްޓަވާ

ގަރަޑަމައު
ނ.
(1) ނުބައި ވަހެއް ދުވާ ކިލާކުލައިގެ ކިސުޑިގޮތަކަށް ހުންނަ މަލެއް.
އާއްމުގޮތެއްގައި މީގެގަސް ހުންނާނީ ރަށްރަށުގެ ވަލުތެރޭގައެވެ.
(2) މަޖާޒު:
މީހަކު ކަމުނުދާކަން ދެއްކުމަށް ނުވަތަ ދެރަކޮށްލުމަށް މިސާލުޖަހަން ބޭނުންކުރާ މަލެއް.
މިސާލު:
ހައްތާވެސް ގަރަޑަމަލެވެ.
ގުޅުން ހުރި ބަސް
ގަރަޑަމާ .
އަކުރުތަކުގެ ރަދީފު
ހ ށ ނ ރ ބ ޅ ކ އ ވ މ ފ ދ ތ ލ ގ ޏ ސ ޑ ޒ ޓ ޔ ޕ ޖ ޗ ޘ ޙ ޚ ޛ ޜ ޝ ޞ ޟ ޠ ޡ ޢ ޣ ޤ ޥ